ފޯނު ހަލާކުވީތަ؟ ސޮއްޓިބިޒް އަށް ފޮނުވާލާ!

ގިނަ އަދަދެއްގެ ފޯނާއި އިލެކްޓްރޯނިކްސް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ސޮއްޓިބިޒް އިން ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ ހިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރެއިން އެ ފިހާރައިން ދެމުން އަންނަ ފޯނު ރިޕެއާ ކުރުމުގެ ހިދުމަތަކީ ފާހަގަ ކޮށްލެވޭ ހިދުމަތެކެވެ.

ސޮއްޓިބިޒް އިން މަރާމާތު ކޮށްދޭ ފޯނުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ގެންގުޅޭ ޒިއޯމީގެ ފޯނުތައް ވެސް ހިމެނެއެވެ. އެގޮތުން އެ ބްރޭންޑުގެ ފޯނުތަކުގެ އެލްސީޑީ ބަދަލު ކުރުމާއި ބެތަރީ ބަދަލު ކުރުމާއި ޗާޖިން މައްސަލަ ހައްލު ކުރުން ފަދަ ހިދުމަތް އެ ފިހާރައިން ލިބޭނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ސޮއްޓިބިޒް އިން ފޯނު ރިޕެއާގެ ހިދުމަތް ހޯދޭނޭއެވެ. މި ހިދުމަތް ހޯދަން ހުރިހާ ޑީޓެއިލެއް 7449955 އަށް ވައިބާ ކޮށްލުމުން އެ ފޯނު ލާ ބޯޓަކަށް ނުވަތަ ލޯންޗަކަށް ފޯނު ބަލާ ދާނެއެވެ. އަދި މަރާމާތު ކުރުމަށްފަހު ބުނާ ބޯޓަކަށް އަލުން ޑެލިވަރީ ވެސް ކޮށްދޭނެއެވެ.

މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ވެސް މި ހިދުމަތް ހޯދޭނެއެވެ. އެ ފިހާރަ ހުންނާނީ ޗާންދަނި މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.

Leave a comment

Your email address will not be published. Required fields are marked *