ސޮއްޓިބިޒް އިން ގޯޕްރޯ ހީރޯ 10 ރާއްޖެއަށް ތައާރަފު ކޮށްފި

ގޯޕްރޯގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ހީރޯ 10ގެ އޮރިޖިނަލް ސޮއްޓިބިޒް ފިހާރައިން ވިއްކަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު މި ގޯޕްރޯ އަކީ މިހާރު މާލެ އިން އެންމެ އަގުހެޔޮކޮށް ލިބޭނެ ތަނަކީވެސް އެ ފިހާރައެވެ.

އެފިހާރައިން ވަނީ ގޯޕްރޯ 10 8,800 ރުފިޔާ އަށް އަގު ހެޔޮކޮށްފައެވެ.

ގޯޕްރޯގެ 10 މި ކެމެރާއަށް ވަނީ ކުރީގެ ސީރީޒްތަކާ އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ވީޑިއޯ ކޮލިޓީ އާއި ޝޫޓިން މޯޑުތައް ހިމެނެއެވެ.

ގޯޕްރޯ ހީރޯ 10ގައި 5.3ކޭ މެކްސް ވީޑިއޯ ރިޒޮލިއުޝަންގައި ވީޑިއޯ ކޮށްލެވޭނެއެވެ. މިހާރު އާއްމުކޮށް ގެންގުޅޭ ކެމެރާތަކުގައި ހުންނަނީ 4ކޭ ރިޒޮލިއުޝަނެވެ.

ގޯޕްރޯ ހީރޯ 10ގައި ދިހަ މީޓަރ ފެނު އަޑީގައި ވޯޓާ ޕްރޫފް ކަވަރަކާ ނުލައިވެސް ބޭނުން ކުރެވޭނެއެވެ.

މި ކެމެރާ ތައްޔާރުކޮށްފައިވަނީ ކުޅިވަރުތައް ފަދަ ހަރަކާތްތަކަށް ހާއްސަކޮށްގެން ކަމުން ކިތަންމެ ވަރަކަށް ތެޅުނު ނަމަވެސް ވީޑިއޯއަށް އޭގެ އަސަރެއް ނުކުރާނެއެވެ. އަދި ސްޕީޑުވެސް އެހާމެ ބާރުވާނެއެވެ.

މީގެ އިތުރުން ކުރީގެ ކެމެރާތަކާ ހިލާފަށް ހީރޯ 10ގެ ޑިސްޕްލޭވެސް ބޮޑުވާނެއެވެ. މިއީ ގިނަ ބަޔަކު އެދެމުން އައި ބަދަލުތަކެކެވެ.

ގޯޕްރޯ އަށް ބޭނުން ކުރެވޭ އެސް.ޑީ ކާޑުވެސް ސޮއްޓި ބިޒްއިން ލިބެން ހުންނާނެއެވެ.

ގޯޕްރޯ ހީރޯ 10 ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7750004އަށް ގުޅައިގެން، އަދި ވައިބާ ކޮށްގެން ވިޔަފާރި ކުރެވޭނެއެވެ. މީގެ އިތުރުން ބޯޓުތަކަށް ޑެލިވަރީ ކޮށްދިނުމާއި އެއަރ ކާގޯ މެދުވެރިކޮށްވެސް ޑެލިވަރީ ކޮށްދެވޭނެއެވެ.

Leave a comment

Your email address will not be published. Required fields are marked *