ޕީއެސް5 އެންމެ އަގުހެޔޮކޮށް ލިބޭނީ ސޮއްޓިބިޒް އިން

ގޭމް ކުޅޭ މީހުންނަށް އެންމެ ކަމުދާ ސޮނީގެ ޕްލޭސްޓޭޝަންގެ އެންމެ ފަހުގެ މޮޑެލް ޕީއެސް-5 ސޮއްޓިބިޒްއިން އަގުހެޔޮ ކޮށްފިއެވެ.

ޕީއެސް-5 ފަރުމާކޮށްފައިވަނީ ލޮލަށް ބަލާލަން ހިތްގައިމު ގޮތަކަށް ކަޅާއި ހުދު ކުލަ ބޭނުންކޮށްގެންނެވެ. އަދި އޭގައި ބޭނުން ކޮށްފައިވާ އެޑްވާންސް ލައިޓިން ޓެކްނީކް “ރޭޓްރޭސިން” ގެ ސަބަބުން ގޭމް ކުޅޭއިރު ގޭމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިއީ އެންމެ ބާރުގަދަ ގޭމިން މެޝިންތަކުގައި ބެނުން ކުރާ ޓެކްނީކެކެވެ.

އެ ޕްލޭސްޓޭޝަނުގައި ހާޑްވެއާ ޕްރޮސެސް ކުރުމަށް ބޭނުން ކޮށްފައިވަނީ ޖީޕީޔޫ އަދި 8ކޯ އޭއެމްޑީ ޗިޕް ސެޓެވެ. އަދި ޕީއެސް-4ގެ ޕްރޮސެސިން ސްޕީޑަށްވުރެ 20 ގުނަ އަވަސް ވާނެއެވެ. މީގެ ސަބަބުން ލޯޑު ކުރުމުގެ އިތުރުން ފައިލް ސައިޒް ބޮޑެތި ގޭމްތައް ވެސް ފަސޭހަ ކަމާއެކު ކުޅެވޭނެއެވެ.

މީގެ އިތުރުން ޕީއެސް-5 ބޭނުންކޮށްގެން 4ކެ ޓީވީ ތަކުގައި ވެސް ގޭމް ކުޅެވޭނެއެވެ. މީގެ ސަބަބުން ގޭމް ކުޅޭ ވަގުތު ގޭމުގެ ތެރޭގައި އިނދެވޭ ކަހަލަ އިހުސާސެއް ގެނުވައިދޭނެއެވެ. ވީޑިއޯ ކޮލިޓީވެސް އެހާމެ ރަނގަޅުވާނެއެވެ.

ސޮއްޓިބިޒް އިން ލިބެން ހުންނާނީ ޕީއެސް-5ގެ ޑިސްކް ވާޝަނެވެ. ޕީއެސް-5 އާއެކު ޑުއަލް ސެންސް ވަޔަލެސް ކޮންޓްރޯލާ ވެސް ސޮއްޓިބިޒް އިން ލިބެން ހުންނާނެއެވެ. ސޮއްޓިބިޒް އިން ޕީއެސް5 ލިބޭނެ އަގަކީ 13،800ރ އަށެވެ.

ސޮއްޓިބިޒް އަކީ ކޮލިޓީ ރަނގަޅު އޮރިޖިނަލް ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ފިހާރައެކެވެ. އެހެންވެ، އެ ފިހާރައިން ވިއްކާ ޕީއެސް-5 އަކީ ވެސް 100 އިންސައްތަ އޮރިޖިނަލް އުފެއްދުން ކަމަށާއި އެއާއެކު ވޮރެންޓީވެސް ލިބޭނެ ކަމަށް ސޮއްޓިބިޒް އިން ބުންޏެވެ.

އެ ފިހާރައިން ޕީއެސް-5 ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް 7449955 އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ. މިގޮތަށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ރަށްރަށުގައި ތިބެގެން އޯޑަރު ކުރާނަމަ އެ ރަށެއްގެ ބޯޓަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.

Leave a comment

Your email address will not be published. Required fields are marked *