Svg Vector Icons : http://www.onlinewebfonts.com/icon

7750004

Svg Vector Icons : http://www.onlinewebfonts.com/icon

7750004

ގޯޕްރޯ ޕޯލްއެއް ގަނެލަން ސޮއްޓިބިޒްއަށް ބަހީ!

ގޯޕްރޯ ޕޯލްއެއް ގަނެލަން ސޮއްޓިބިޒްއަށް ބަހީ!

ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު އެކްޝަން ކެމެރާއަކީ ގޯޕްރޯއެވެ. ސަބަބަކީ ރާއްޖޭގެ ވަށައިގެންވަނީ މޫދު ކަމުގައި ވެފައި މި ކެމެރާއިން މޫދާއި އެއްގަމުގެ ހިތްގައިމު މަންޒަރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަސްވީރުކޮށްދޭތީއެވެ.

ގޯޕްރޯ އިންވަނީ އެކްޝަން ކެމެރާގެ އައު އެސެސަރީއެއް ބާޒާރަށް ނެރެފައެވެ. އެގޮތުން އެންމެ ފަހުން ތަޢާރަފްކޮށްފައިވަނީ ރިމޯޓާއެކު ގޯޕްރޯގެ އެކްސްޓެންޝަން ޕޯލް އެވެ.

  • -48އިންޗި (122ސެންޓިމީޓަރު) އަށް ދިގުކޮށްލެވޭގޮތަށްތައްޔާރުކުރެވިފައިވާ މި އެކްސްޓެންޝަން ޕޯލް ބޭނުންކޮށްގެން ދަތުރުމަތީގައި ކެޕްޗާ ކުރާއިރު އިތުރު ފްލެކްސިބިލިޓީއެއް ލިބިގެންދާނެ.
  • ޕޯލް ދިގުކޮށްލުމުން ފޮޓޯ ނެގުމާއި ރެކޯޑިން ފެށުން/ހުއްޓުވުން ފަސޭހަވާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ޑިޓޭޗަބަލް ވައިލެސް ރިމޯޓެއްގެ ސަބަބުން ކެމެރާ ބޭނުން ކުރުމަށް ފަސޭހަ ވެގެންދާނެ. އަދި އަތުގައި ބޭންޑެއްގެ ގޮތުގައި ވެސް އަޅާލެވޭ މި ރިމޯޓަކީ 5 މީޓަރު ވޯޓަރޕްރޫފް ރިމޯޓެއެއް.
  • ފަސޭހައިންހަލާކުނުވާނެހެން، ލުއި އެލްމިނިއަމް އިން ތައްޔާރުކޮށްފައިވާ މި ޕޯލްއަކީ ފެން ނުވަންނަ ޕޯލްއެއް ކަމުން ވަގުތު މެދުކެނޑުމެއް ނެތި ތެތް ނުވަތަ ހިކި ހާލަތުގައި މީގެބޭނުންކުރެވޭނެ.

މި އެކްސްޓޭނަޝަން ޕޯލް މިހާރު ސޮއްޓިބިޒް މޮބައިލް ށޮޕް އިން ލިބެން އެބަހުއްޓެވެ. މީގެ އިތުރުންވެސް، ގޯޕްރޯ ކެމެރާ އާއި އޭގެ ތަފާތު އެސެސަރީސް މި ފިހާރައިން ލިބެން ހުރެއެވެ. ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7750004  އަށް ގުޅައިލުމުން ނުވަތަ ވެބްސައިޓަށް https://sottibiz.mv/category/gopro/ އަށް ވަދެލުމުން އަގުތަކާއެކު އިތުރު މަޢުލޫމާތު ލިބޭނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް ސޮއްޓިބިޒް އިން ވިޔަފާރި ކުރެވޭނެއެވެ. މި ފިހާރައަށް އޯޑަރު ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭޑެލިވަރީކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.