Svg Vector Icons : http://www.onlinewebfonts.com/icon

7750004

Svg Vector Icons : http://www.onlinewebfonts.com/icon

7750004

ނަތިންގެ މުޅިން ތަފަތު އައު ފޯނެއް ނެރެފި!

ނަތިންގެ މުޅިން ތަފަތު އައު ފޯނެއް ނެރެފި!

ނަތިންގ އަކީ ނިސްބަތުން އައު ބްރޭންޑެއް ނަމަވެސް، އެ ކުންފުނީގެ ސަބް-ބްރޭންޑް ކަމުގައިވާ ސީއެމްއެފް އަކީ މީގެ ވެސް އައު ބްރޭންޑެކެވެ. މިހާތަނަށް މި ބްރޭންޑުން ވަނީ އަތްފޯރާފަށުގައި ހުންނަ އަގުތަކެއްގައި ސްމާޓްފޯނު އެކްސެސަރީޒް ވިއްކާފައެވެ.

ކުންފުނިން ފުރަތަމަ ސީއެމްއެފް ބްރޭންޑްގެ ފޯނު ނެރުމަށް މާ ގިނަ ދުވަހެއް ނުވިއެވެ. އެ ފޯނަށް ކިޔާފައިވަނީ “ސީއެމްއެފް ފޯން 1” އެވެ.

މި ފޯނުގެ ފީޗަރތަކުގެ ވާހަކަ ދައްކާއިރު، އެންމެ މުހިންމު ގޮތެއްގައި ފާހަގަ ކޯށްލެވެނީ ފޯނުގެ މުޅި ފަހަތު ފަރާތް ނެގޭގޮތަށް އަދި ބަދަލުކުރެވޭގޮތަށް ބޭނުންކުރާ ފަރާތުން ކަސްޓަމައިޒް ކުރެވޭ ގޮތަށް ހުރުމެވެ. އަދި ހަމައެހެންމެ ފޯނުގެ ފަހަތުގައި “އެކްސެސަރީ ޕޮއިންޓް” އޭ ކިޔާ އެއްޗެއްވެސް ވެއެވެ. މިއީ ސީއެމްއެފް ފޯން 1 އަށް ބޭނުންތެރި އެކްސެސަރީތައް ހަރުކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މިސާލަކަށް ފޯނު ބެހެއްޓޭ ގޮތަށް ހުޅުވާލެވޭ ސްޓޭންޑެއް، ކާޑު ހޯލްޑަރެއް ނުވަތަ ލޭންޔާޑެއްފަދަ ތަކެތި ހަރުކުރެވިދާނެއެވެ. މިއީ ވަރަށް އައު އަދި ތާޒާކަމެއްގެ ގޮތުގައި ހީވެއެވެ.