މި އަހަރު ފެބުރުއަރީ މަހު ބާޒާރަށް ނެރުނު ސެމްސަންގް ގެލެކްސީ އެސް 25 އަލްޓްރާ ރާއްޖޭގެ ބާޒާރަށް ގެނައި އެންމެ ފުރަތަމަ އެއް ފަރާތް
ކަމުގައިވާ ސޮއްޓިބިޒް މޮބައިލް ފިހާރައިން މި ވަނީ ފަސޭހަކަމާއެކު މި ފޯނު އިންސްޓޯލްމެންޓަށް ނެގޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެންމެ
ފަހުގެ މޮބައިލް ޓެކްނޮލޮޖީ ވިއްކުމަށް މަޝްހޫރު މި ފިހާރައިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާގުޅިގެން ފަސޭހަ ޕޭމަންޓް އޮޕްޝަންތަކެއް
ތަޢާރަފުކޮށްފައެވެ. މިކަމުގެ ސަބަބުން ޓެކްނޮލޮޖީއަށް ޝައުޤުވެރިވާ އަދި ލަގްޒަރީ ބޭނުންވާ ގަންނަ ފަރާތްތަކަށް ފަސޭހަތަކެއް
ލިބިގެންދާނެއެވެ.
ޗާންދަނީމަގުގައި ހުންނަ މި ފިހާރައަށް މިހާރުވެސް ވަނީ ގިނަ ކަސްޓަމަރުން ޒިޔާރަތްކުރަން ފަށާފައެވެ. އެސް 25 އަލްޓްރާ މޮބައިލް މާކެޓުގައި
ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންދާ ފޯނެކެވެ.
ފުރިހަމަ ޑިޒޒައިނަކާއި ވަރުގަދަ ޕަރފޯމަންސްއަކާއެކު ގެލެކްސީ އެސް 25 އަލްޓްރާ ލިބެން ހުންނާނީ ދެ ސްޓޯރޭޖް ކޮންފިގަރޭޝަނެއްގައެވެ.
މި ފިހާރައިން މި ފޯނުގެ ޓައިޓޭނިއަމް ބްލެކް ކުލަ ލިބެންހުރި އަގުތަކަކީ:
256 ޖީބީ އަށް 19،900ރުފިޔާ
512 ޖީބީ އަށް 22,900 ރުފިޔާ
ގެލެކްސީ އެސް 25 އަލްޓްރާގައި ހުރި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ ކެމެރާ އެންހޭންސްމަންޓްތަކާއި،
އަޕްގްރޭޑްކޮށްފައިވާ ސްނެޕްޑްރެގަން ޗިޕާއި، އަދި ސެމްސަންގްގެ އެންމެ އަލިކަން ގަދަ އެމޯލެޑް ޑިސްޕްލޭ ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން
2025 ވަނަ އަހަރުގެ ސްމާޓްފޯނުތަކުގެ ވާދަވެރިކަމުގައި މި ފޯނަކީ އެންމެ ކުރީ ސަފުގައި ހިމެނޭ ފޯނެކެވެ.
ފޮޓޯގްރަފީއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޔަސް، ނުވަތަ އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ފަރާތްތަކަށް ވިޔަސް، އައު އެސް
25 އަލްޓްރާއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެންމެ ގިނައިން ބޭނުންކުރާނެ ޑިވައިސްއަށް ވުމުގެ ފުރުޞަތު ބޮޑު ފޯނެކެވެ.
މިއާ ގުޅޭ އިތުރު މަޢުލޫމާތު ސޮއްޓިބިޒް ފިހާރައިގެ ފިހާރައިގެ
ނަންބަރު 7449955 އަށް މެސެޖްކޮށްލައިގެންވެސް މަޢުލޫމާތު ހޯދާލެވިދާނެއެވެ.