އެއަރޕޮޑްސް މެކްސްއާއި، އެކި ބްރޭންޑުގެ ފޯނާއި ތަފާތު އެކި ކޮލިޓީގެ ފޯން އެސެސަރީސް ހެޔޮ އަގުގައި ސޮއްޓިބިޒް މޯބައިލް ފިހާރައިން މިހާރު ލިބެން ހުންނާނެއެވެ. މި ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.
ވައިބާ މެދުވެރިކޮށް ވެސް އެ ފިހާރައިން އޯޑަރު ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް ސޮއްޓިބިޒް އިން ވިޔަފާރި ކުރެވޭނެ އިންތިޒާމް އެ ފިހާރައިންވަނީ މަގުފަހި ކޮށްދީފައެވެ. ފިހާރައިގެ ނަންބަރު 7449955 އާއި ގުޅައިގެން އިތުރު މައުލޫމާތު ލިބޭނެއެވެ.
އެއަރޕޮޑްސް މެކްސްއަކީ ވަރަށް ފުރިހަމައަށް ލަގްޒަރީ ހެޑްފޯނުގެ ދައުރު އަދާކުރާ އެއްޗެކެވެ. ސްޓެއިންލެސް ސްޓީލް ހެޑްބޭންޑް އަދި އެލުމިނިއަމް އިއަރކަޕްތައް ވަރަށް ވަރުގަދައެވެ. ބެކްޕެކަށް އަޅާލިޔަސް ހަލާކުވާނެ ގޮތަކަށް ތައްޔާރުކޮށްފައިވާ އަދި ހެޑްބޭންޑުގެ ބަރުދަން ހަމަހަމަކޮށް ވަރަށް ރީތިކޮށް އިންޖިނިއަރކޮށްފައިވާ ހެޑްސެޓެކެވެ.
އެއަރޕޮޑްސް މެކްސްގައި ވަރަށް ފުރިހަމަ ނޮއިޒް ކެންސެލިންގ އަދި ޓްރާންސްޕޭރަންސީ މޯޑެއް ހިމެނެއެވެ. މި މޯޑުގެ ސަބަބުން ބަޓަނަށް ފިއްތާލުމުން ވަށައިގެން ހިނގާ ކަންތައްތައް އަޑުއިވޭނެއެވެ. ވޮލިއުމް އަދި ޕްލޭބެކް ކޮންޓްރޯލްތައް ކަނާތްފަރާތު އިއަރކަޕްގެ މަތީގައިވާ ޑިޖިޓަލް ކްރައުންއިން ކޮންޓްރޯލްކޮށްދެއެވެ.
ބައެއްފަހަރު، ހެޑްފޯނު އަލުން ހަރުކުރަން އުޅޭއިރު އެކްސިޑެންޓަލީ ވޮލިއުމް މައްޗަށް ނުވަތަ ތިރިއަށް ދާކަން ފާހަގަކުރެވެއެވެ.
އިއަރކަޕްތަކުގެ އެތެރޭގައިވާ ކުދި ސެންސަރތަކުން ހެޑްފޯނު ނައްޓާލުމުން އޮޓޯ-ޕޯސް ކުރެއެވެ. ހެޑްފޯނު އަލުން އަޅާލުމުން ވަރަށް ފަސޭހައިން ޕްލޭބެކް ފަށައިގަނެވެއެވެ. އިޔަރ ކަޕްތައް ވަރަށް ފުންކޮށް ހުރުމަކީ ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެކެވެ. ކަންފަތުގެ ވަށައިގެން ގިނަ ޖާގަ ދިނުމުން ގިނަ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި ބަރުދަން ހަމަހަމަކޮށް ބެހިގެން ދިއުމާއި އަޑު އެކަހެރިކުރުން ފަސޭހަވުން ހިމެނެއެވެ.
އެޕަލްއިން ބުނާ ގޮތުގައި އެކްޓިވް ނޮއިޒް ކެންސެލިންގ އޮންކޮށްފައި ބޭނުންކުރާއިރު އެއަރޕޮޑްސް މެކްސް ގާތްގަނޑަކަށް 20 ގަޑިއިރު ދެމިހުންނާނެއެވެ. އަޅުގަނޑުމެންގެ މިންގަނޑު ޓެސްޓުގައި 75dB(SPL) އަށް އަރާވަރަށް މެދުނުކެނޑި މިއުޒިކް ޖަހައިގެން ބެލިއިރު، އައިފޯނެއް ނުވަތަ އެންޑްރޮއިޑް ޑިވައިސްއެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 21 ގަޑިއިރު ލިބުނެވެ. އަދި ANC އޮފްކޮށްފައި ހުރިއިރު 21 ގަޑިއިރަށްވުރެ ކުޑަކޮށް އިތުރަށް ލިބުނެވެ.
 
				 
													 
												 
												 
												 
												 
												