ޒިއޯމީގެޕޮކޯ ސީރީސްގެ ފޯނުތަކަކީމިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ފޯނުތަކެކެވެ. އެގޮތުން ޕޮކޯ ސީރީޒްގެ އެމް 3 ފޯނަކީ ބަލައިލަން ރީތި އަތަށް ފަސޭހަ ލުއި ފޯނެކެވެ. މި ފޯނުގެ ބަރުދަނަކީ 198 ގްރާމެވެ. މިފޯނުގެ ކުރިމަތީ ޑިސްޕްލޭ ހަދާފައިވަނީ ގޮރިއްލާ ގްލާސް 3 ބޭނުން ކޮށްގެންނެވެ. މި ފޯނުގެ ހާއްސަ ފީޗަރސް ތަކުގެ ތެރޭގައި ލެޑް ފްލޭޝް، އެޗްޑީއާރު އަދި ޕެނަރޯމާ ހިމެނެއެވެ. މި ފޯނުން އެފް އެފް އެމްރޭޑިއޯވެސް އަޑުއަހާލެވޭނެއެވެ.
މި ކޫލް ފޯނު ސޮއްޓި ބިޒްއިން ލިބެން އެބަހުރިއެވެ. އަދި މި ފޯނު ގަންނަ ފަރާތްތަކަށް ވަރަށް ހާއްސަ ހަދިޔާ ބަންޑްލް އެއް މި ފިހާރައިން ލިބޭނެއެވެ. ޕޮކޯ އެމް 3ގެ 128 ޖީބީ ފޯނު ލިބެން ހުރީ 3500 ރުފިޔާ އަށެވެ. އަދި ޕޮކޯ އެމް 3ގެ 64 ޖީބީ ލިބެން ހުރީ 3000 ރުފިޔާއަށެވެ. މި ބަންޑްލްގެ ހާއްސަ ކަމަކީ 64 ޖީބީގެ އެސްޑީކާރޑެއް ހިލޭ ކަމެވެ. މި ކާރޑަކީ ސޭންޑް ޑިސްކް އަލްޓްރާ މައިކްރޯ އެސްޑީއެކްސްސީގެ ހާއްސަ ކާރޑެކެވެ.
ޕޮކޯ 3 ގެ ހަދިޔާ ބަންޑަލް
64 ޖީބީގެ އެސްޑީ ކާޑް
ރިއަލްމީ ހެޑް ސެޓް
ފޯނު ކަވަރު
ސޮއްޓި ބިޒް އަކީ ފަހުގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ފޯނުތައް ހޮޔެ އަގެއްގައި ލިބެން ހުންނަ ފިހާރައެކެވެ. އަދި ފޯނު މަރާމާތު ކުރުމުގެ ހާއްސަ ހިދުމަތަކީވެސް ސޮއްޓި ބިޒްއިން ދޭ ހިދުމަތެކެވެ. މިފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން ސްކޫލް ކުރިމަތީގައެވެ. ސޮއްޓި ބިޒްއިން ވިޔަފާރި ކުރުމަށް އިންޓަރގްރާމް، ފޭސްބުކް އަދި ވައިބަރ އިން އޯޑަރު ކުރެވޭނެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް މިފިހާރައިން ވިޔަފާރި ކުރެވޭއިރު މާލެ، ހުޅުމާލެ އަދި ބޯޓް ލޯންޗް ފަހަރަށްވެސް އެ ފިހާރައިން ޑެލިވަރީ ކޮށްދެއެވެ.
ސޮއްޓި ބިޒްއިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދުމަށް 7750004/7449955 މި ނަންބަރުތަކަށް ގުޅާ ނުވަތަ ވައިބަރ ކޮށްލުމުންވެސް މައުލޫމާތު ލިބޭނެއެވެ.