Svg Vector Icons : http://www.onlinewebfonts.com/icon

7750004

Svg Vector Icons : http://www.onlinewebfonts.com/icon

7750004

އެންމެ ފަހުގެ ސެމްސަންގް ވޮޗް އަލްޓްރާ މިހާރު ސޮއްޓިބިޒް އިން ލިބޭނެ!

އެންމެ ފަހުގެ ސެމްސަންގް ވޮޗް އަލްޓްރާ މިހާރު ސޮއްޓިބިޒް އިން ލިބޭނެ!

ގެލެކްސީ ވޮޗަކީ ހަމައެކަނި ވަގުތު ބަލާ އެއްޗެއް ނޫނެވެ. އެއީ ބޭނުންކުރާ މީހުންނަށް ދުޅަހެޔޮ، އަދި ހަމަހަމަ ދިރިއުޅުމެއް ހޯދުމަށް އެހީތެރިވެދޭ ބައިވެރިއެކެވެ. ގެލެކްސީ އަންޕެކްޑް 2024 ގައި، ސެމްސަންގުން މިހާތަނަށް އެންމެ މޮޅު ގެލެކްސީ ވޮޗު ކަމުގައިވާ ގެލެކްސީ ވޮޗް އަލްޓްރާ ތަޢާރަފުކުރިއެވެ.

މާހައުލާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ، އަދި ޕަރފޯމަންސް އެންމެ މަތީ ދަރަޖައަކަށް ގެންދިއުމަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްފައިވާ ގެލެކްސީ ވޮޗް އަލްޓްރާއިން ވެއަރަބަލް ތަޖުރިބާ އައު ހަރުފަތަކަށް ގެންދެއެވެ. އޭއައި އަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ޞިއްޙަތު މޮނިޓަރކުރުމާއި ފިޓްނެސް ފީޗަރތަކާއި، ނުވެއްޓޭފަދަ ވަރުގަދަކަމާއި، އެންމެ ޒަމާނީ ހާޑްވެއަރ ހިމެނޭ ގެލެކްސީ ވޮޗް އަލްޓްރާއަކީ ބޭނުންކުރާ މީހުންނަށް ކޮންމެ ވަގުތެއްގައިވެސް ގުޅޭނެ އަމިއްލަ ޓްރެއިނަރެކެވެ.

ސެމްސަންގް ނިއުސްރޫމުން މި އައު ޖީލުގެ ސްމާޓްވޮޗު ވަކިވަކި ބައިތަކަށް ބަހާލައި، ކުރިމަތިން ފެށިގެން ފަހަތާ ހަމައަށް، އަދި ވޮޗުގެ ބޭންޑު ވެސް ހިމެނޭގޮތަށް، ވަކިވަކިން ދިރާސާކޮށްފައިވެއެވެ.

މި ވޮޗް މިހާރު މިވަނީ ރާއްޖޭގެ ސެމްސަންގ ފޭނުންނަށް ފަސޭހައިން ލިބޭނެގޮތްވެފައެވެ. 13،500 ރުފިޔާއަށް ވިއްކާ މި ވޮޗް ގަނެލުމަށް، ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7449955 އަށް ގުޅައިލުމުން ނުވަތަ ވެބްސައިޓަށް www.sottibiz.mv އަށް ވަދެލުމުން އިތުރު މަޢުލޫމާތު ލިބޭނެއެވެ. ވައިބާ މެދުވެރިކޮށް ވެސް ފިހާރައިން އޯޑަރު ކުރެވޭނެއެވެ. މި ފިހާރައަށް އޯޑަރު ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭޑެލިވަރީކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.