ޒިއޯމީ ރެޑްމީ 10 ޕަވަރ ހެޔޮ އަގެއްގައި ސޮއްޓި ބިޒްއިން ލިބޭނެ

ޒިއޯމީ ރެޑްމީ 10 ޕަވަރ ހެޔޮ އަގެއްގައި ސޮއްޓި ބިޒް ފިހާރައިން ވިއްކަން ފަށައިފިއެވެ.

މިއަހަރުގެ އެޕްރީލްމަހުގެ 30 ގައި ބާޒާރަށް ނެރުނު ރެޑްމީ 10 ޕަވަރ އަކީ ބަލައިލަން ރީތި އަތަށް ލުއި ކޫލް ފޯނެކެވެ. މިފޯނުގެ ތަފާތު ހާއްސަ ފީޗަރސް ތަކުގެ ތެރޭގައި 50 މެގަޕިކްސަލް ކެމެރާ ހިމެނޭއިރު މި ފޯނުގައި ވަނީ ވަރަށް މަދުން ނޫނީ ބޭނުންނުކުރާ ތަފާތު ވައްތަރެއްގެ ރެއަރ ފިންގަރޕްރިންޓް ސެންސަރ އެއް ބޭނުންކޮށްފައެވެ.

މި ފޯނުގެ ރެމް އަށް ބަލާއިރުވެސް 11 ޖީބީ އާ ހަމައަށް ބޭނުންކުރެވެއެވެ. ރެޑްމީގެ މި ފޯނުގެ ޑިސްޕްލޭގައި ހުންނަނީ 17.04 ސެންޓިމީޓަރެވެ. މީގެ އިތުރުންވެސް ފޯންގައި ހިމަނާފައިވާ ބެޓެރީ ފުލް ޗާރޖް ކޮށްގެން ދެ ދުވަސް ވަންދެން ބޭނުން ކުރެވެއެވެ. ރެޑްމީގެ މި ފޯނުގައި ސްނެޕް ޑްރެގަން 680 4 ޖީގެ ޕްރޮސެސާރއެއް ވެސް ހިމެނެއެވެ. އެގޮތުން ބެޓެރީގައި 6000 މިލިއަމްޕަޔަރ ހިމެނެއެވެ. ސޮއްޓި ބިޒްއިން ލިބެންހުރީ ރެޑްމީ 10 ޕަވަރގެ 8 ޖީބީ ރެމް ހިމެނޭ 128 ޖީބީގެ ފޯނެވެ.

މި ފޯނު ސޮއްޓި ބިޒް އިން ވިއްކަނީ އެންމެ 4000 ރުފިޔާ އަށެވެ.

ސޮއްޓި ބިޒްއިން ވިޔަފާރި ކުރުމަށް އިންސްޓަގްރާމް، ފޭސްބުކް އަދި ވައިބަރ އިން އޯޑަރު ކުރެވޭނެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް މިފިހާރައިން ވިޔަފާރި ކުރެވޭއިރު މާލެ، ހުޅުމާލެ އަދި ބޯޓް ލޯންޗް ފަހަރަށްވެސް އެ ފިހާރައިން ޑެލިވަރީ ކޮށްދެއެވެ. މިފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން ސްކޫލް ކުރިމަތީގައެވެ.

ސޮއްޓި ބިޒްއިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދުމަށް 7750004/7449955 މި ނަންބަރުތަކަށް ގުޅާ ނުވަތަ ވައިބަރ ކޮށްލުމުންވެސް މައުލޫމާތު ލިބޭނެއެވެ.

Product has been added to your cart