30 މިނެޓުން ފުލް ޗާޖު ކުރެވޭ ވަން ޕްލަސް ފޯނު ސޮއްޓިބިޒް އިން ލިބޭނެ

މިދިޔަ އަހަރު ނެރުނު ވަން ޕްލަސް 9ޓީއާރު ވިއްކަން ސޮއްޓިބިޒް އިން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

ވަން ޕްލަސްގެ އެހެން ފޯނުތަކާ އެއްގޮތަށް 9 އާރުޓީ އަކީ ވެސް ބަލައިލަން ހިތްގައިމު ފޯނެކެވެ. ފަހުގެ ޑިޒައިނަށް ތައްޔާރު ކޮށްފައިވާ މި ފޯނުގައި ސެލްފީ ކެމެރާއާއެކު ހަތަރު ކެމެރާ ހުރެ އެވެ. ބަލައިލަން ރީތި އިރު އެ ފޯނު ގެންގުޅެން ވެސް އެހާމެ ފަސޭހަވާނެއެވެ.

އެ ފޯނު ނެރެފައިވަނީ 5ޖީ ނެޓްވޯކާވެސް އެކުގައެވެ. އެހެންކަމުން މާލޭގައި ރާއްޖޭގައި މިވަގުތު 6ޖީ ނެޓްވޯކް ލިބޭ ސަރަހައްދުތަކުގައި އެ ފޯނު ބޭނުން ކޮށްގެން ހަލުވި އިންޓަނެޓުގެ ފައިދާ ނެގޭނެއެވެ.

މި ފޯނު އެންމެ ހާއްސަ ވަނީ ފޯނުގެ ބެޓަރީގެ ސަބަބުންނެވެ. 4500 މިލިއެމްޕަވާގެ ބެޓަރިއެއް ހުންނަ އެ ފޮނު އެންމެ 29 މިނެޓު ތެރޭ ފުލް ޗާޖު ކޮށްލަދެއެވެ. އެހެންކަމުން މިއީ އަވަދިނެތި އުޅޭ މީހުންނާއި ގިނަ ވަގުތު ފޯނު ބޭނުން ކުރަން ޖެހޭ މީހުންނަށް ވަރަށް ކަމުދާނެ ފޯނެކެވެ.

މި ފޯނުގެ މުހިންމު ބައެއް ފީޗާތައް

– އޯއެސް: އެންޑްރޮއިޑް 11، ކަލާ އޯއެސް 11

– ޑިސްޕްލޭ: 6.62 އިންޗި، ކޯނިން ގޮރިއްލާ ގްލާސް

– މެއިން ކެމެރާ: 50 އެމްޕީ (ވައިޑް)، 16 އެމްޕީ (އަލްޓްރާ ވައިޑް)، 2 އެމްޕީ (މެކްރޯ)

– ސެލްފީ ކެމެރާ: 16 އެމްޕީ (ވައިޑް)

– ފިންގަ ޕްރިންޓް ސެންސަ

ސޮއްޓިބިޒް އިން ވަން ޕްލަސް 9އާރުޓީ ލިބެން ހުންނަ އަގުތައް:

– 8ޖީބީ/128ޖީބީ: 12،000ރ.

– 8ޖީބީ/256 ޖީބީ: 13،000ރ.

– 12ޖީބީ/256 ޖީބީ: 14،200ރ.

ސޮއްޓިބިޒް އަކީ ފޯނާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ރާއްޖެއަް އެތެރެކޮށް ވިއްކަމުން އަންނަ ފިހާރައެކެވެ. އެ ފިހާރައިން ފޯނު މަރާމާަތު ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެއެވެ.

އެ ފިހާރައިން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ވިޔަފާރި ކުރެވެއެވެ. އެގޮތުން 7750004 އަށް ގުޅައިގެން އޯޑަރު ކުރުމުން އެ ރަށެއްގެ ބޯތަށް އަދި މާލެ އާއި ހުޅުމާލޭގެ ގެތަކަށް ހިލޭ ޑެލިވަ ކޮށްދޭނެއެވެ.

މީގެ އިތުރުން ޗާންދަނީ މަގު، ޖަލާަލުއްދީން މިސްކިތް ކުރިމަތީ ހުންނަ ސޮއްޓިބިޒް ފިހާރައަށް ގޮސްގެންވެސް ވިޔަފާރި ކުރެވޭނެއެވެ.

ވަން ޕްލަސް އެން10ގެ އާ ސްޓޮކެއް ސޮއްޓިބިޒްއަށް ލިބިއްޖެ

ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ވަން ޕްލަސް ބްރޭންޑްގެ ނޯޑް އެން ޓެން 5ޖީގެ އާ ސްޓޮކެއް ސޮއްޓި ބިޒްއަށް ލިބިއްޖެއެވެ.

މިއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި 5ޖީ ސަޕޯޓު ކުރާ އެންމެ އަގުހެޔޮ ފޯނުކަން ފާހަގަ ކޮށްލެވެއެވެ.

5ޖީ އަކީ އެންމެ ފަހުގެ ފޯނުތަކަށް ސަޕޯޓު ކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާއިރު، މި ޓެކްނޮލޮޖީ ލިބޭ ފޯނުތަކުގެ ތެރޭގައި އެޕަލްގެ އެންމެ ފަހުގެ ފޯނުތަކާއި ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ހިމެނެއެވެ.

ވަން ޕްލަސްގެ އެހެން ފޯނުތަކާ އެއްގޮތަށް މި ފޯނަކީ ވެސް ގިނަ ވަގުތު ޗާޖު ހިފަހައްޓާދޭ މޮޅު ފޯނެކެވެ. އަދި ފާސްޓް ޗާޖިންގ ހިމެނޭތީވެ ޗާޖު ކުރުން ވެސް އަވަސް ވާނެއެވެ.

ނޯޑް އެން 10 ފޯނަކީ ގެންގުޅެން ފަސޭހަ ބަލާލަން ވެސް އެހާމެ ރީތި ފޯނެކެވެ. 6ޖީބީ ރެމް، 128ޖީބީ މެމޮރީ ހުންނަ މި ފޯނު ސޮއްޓި ބިޒް އިން ލިބޭނީ 5300 ރުފިޔާއަށެވެ.

ވަން ޕްލަސް ނޯޑް އެން10 5ޖީގެ ބައެއް މުހިންމު ފީޗާރސްތައް:

• ޑިސްޕްލޭ: 6.49 އިންޗި،
• އޯއެސް: އެންޑްރޮއިޑް 10،
• މެއިން ކެމެރާ: 64 މެގަޕިކްސަލް
• ސެލްފީ ކެމެރާ: 16 މެގަޕިކްސަލް
• ބެޓެރި: 4300 އެމް-އޭ-އެޗް
• ދެ ސިމް ލެއްވޭނެ އަދި ވަކިން މެމޮރީ ކާޑުވެސް ލެއްވޭނެ
• ފިންގަރ ޕްރިންޓް
• ފާސްޓް ޗާޖިންގ 30 ވަޓްސް

ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަންގ ،ވަން ޕްލަސް، ޒިއޯމީ ފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ.

ސޮއްޓި ބިޒް ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.

Product has been added to your cart