ގޫގްލް ޕިކްސެލް ވޮޗް ތަފާތު ވާނެ, ސޮއްޓިބިޒް އިން ލިބޭނެ!

އައު ސްމާޓް ގަޑި އެއް ހޯއްދަވަނީތޯ؟ އެހެންކަމަށް ވާނަމަ، އެކަމަށް އެންމެ ރަނގަޅީ ގޫގްލް ޕިކްސެލް ވޮޗް އެވެ. ތަފާތު އެކި ފީޗާސް ތަކުން ފުރާލެވިފައިވާ މި އަތުކުރި ގަޑި އަކީ ސްޓައިލިޝް އަދި ހައިޓެކް އެއްޗިއްސަށް ލޯބި ކުރާ ފަރާތްތަކަށް ދުވަހުގެ މަސައްކަތްތައް ހަމަޖައްސާލަން ވަރަށް ފުރިހަމަ ގަޑިއެކެވެ.

މި ގަޑި ބޭނުންކުރާނަމަ، ފޯނު ގޭގައި ބާއްވާފައި ދެވުނަސް މާބޮޑު ހާސްކަމެއް ނެތެވެ. އެއީ ތިމާ ހުރި ޑިރެކްޝަން އެހެން ފަރާތްތަކާ ޙިއްޞަކޮލެވޭނެއެވެ. އަދި، ކޯލްތަކަށް ޖަވާބު ދެވޭނެއެވެ. ހަމައެހެންމެ، މެސެޖްވެސް ކޮށްލެވޭނެއެވެ. އަދި ގޫގަލް ޕޭ މެދުވެރިކޮށް ފައިސާވެސް ދައްކާލެވޭނެއެވެ. މީގެއިތުރުންވެސް، ވަރަށް ބޭނުންތެރި އެހެން ފީޗަރސްތަކެއް މި ގަޑީގައި ހިމެއެވެ. އެގޮތުން، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ހިތުގެ ހިނގުން މޮނިޓަރ ކުރުމާއި ހަރަކާތްތެރިވާ މިންވަރު ދެނެގަތުމާއި އީސީޖީ އެޕް ހިމެނެއެވެ.

ތުނިކޮށް ޑިޒައިން ކުރެވިފައިވާ 41 މިލިމީޓަރުގެ، މި ހިތްގައިމު ގަޑިއާއެކު ތަފާތު ސްޓައިލަށް ފިޓްވާ ނަލަ ބޭންޑްތައް ހިމެއެވެ. އެހެން ސްމާޓް ގަޑިތަކާ އަޅާބަލާއިރު، މީގެ ފިނިޝިން ހިތްގައިމުވެފައި ޗާލެވެ. 1.2 އިންޗް އޭއެމްއެލްއޯ އެލްއީޑީ ޑިސްޕްލޭއަކާއެކު 400 މެގަޕިކްސެލް ހުރުމުން އަވީގަދަ ތަންތަނުގައިވެސް ފަސޭހަކަމާއެކު ސްކްރީ ބަލާލެވެއެވެ.

ކަނެކްޓިވިޓީ އަށް ބަލާކަމުގައިވާނަމަ، ބްލޫޓޫތު، ވައިފައި އަދި ޖީޕީއެސް ހިމެނެއެވެ. މީގެ އިތުރުން 4ޖީ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް އެބައޮތެވެ.

ގޫގްލް ޕިކްސެލް ވޮޗް ސޮއްޓި ބިޒް ފިހާރައިން ލިބެން ހުންނާނެއެވެ. އެ ފިހާރައަށް އޯޑަރ ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓި ބިޒް މޯބައިލް ޝޮޕް ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތްކުރިމަތީގައެވެ. އެ ފިހާރައިގެ ނަންބަރު 7750004 އާއި ގުޅައިގެން އިތުރު މައުލޫމާތުލިބޭނެއެވެ. ވައިބާ މެދުވެރިކޮށް ވެސް އެ ފިހާރައިން އޯޑަރ ކުރެވޭނެއެވެ. ރާއްޖޭގެކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް ސޮއްޓި ބިޒް އިން ވިޔަފާރި ކުރެވޭނެއެވެ.

Product has been added to your cart