Svg Vector Icons : http://www.onlinewebfonts.com/icon

7750004

Svg Vector Icons : http://www.onlinewebfonts.com/icon

7750004

އެޕަލް އައު އިވެންޓަށް ދުނިޔޭގެ ސަމާލުކަން

އެޕަލް އައު އިވެންޓަށް ދުނިޔޭގެ ސަމާލުކަން

އެޕަލް އިން އައިފޯން 16 ތަޢާރަފުކުރާ “އިޓްސް ގްލޯ ޓައިމް” އިވެންޓް ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި އިވެންޓްގައި އައިފޯން 16ގެ މޮޑެލްތަކާއި އައު އެޕަލް ވޮޗް ދައްކާލާނެ ކަމުގެ މަޢުލޫމާތު ލިބެއެވެ.

ބޭރުގެ އެކި ޚަބަރުތަކަށް ބަލާލާއިރު، ޕްރޯ މޮޑެލްތަކުގެ ކުލަތަކުގެ ތެރޭގައި ސްޕޭސް ބްލެކް، ވައިޓް، ގްރޭ އަދި ރޯސް ހިމެނޭއިރު، އެހެން މޮޑެލްތަކުގައި ބްލެކް، ގްރީން، ޕިންކް، ބްލޫ، ވައިޓް އަދި ޔެލޯ ހިމެނޭނެއެވެ. މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކެމެރާ އަދި ޕްރޮސެސަރ އަޕްގްރޭޑްކުރުމާއި، ޕްރޯ މޮޑެލްތަކުގައި ޓައިޓޭނިއަމް ފްރޭމް ބޭނުންކުރުން ހިމެނެއެވެ.

މިފަދަ ފީޗަރސްތަކަކީ މިހާރު އާންމުކަންކަމެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މި ފޯނުގައި އޭއައި ޓެކްނޮލޮޖީގެ ފީޗަރސް އެކުލެވޭތޯއެވެ. ދިރާސާކުރާ ފަރާތްތަކަށް މިކަމާމެދު ވަކި ޖަވާބެއް ހޯދިފައިނުވާއިރު، މި ފީޗަރ އެކުލެވިގެންވުމީ އެޕަލްގެ ފޭނުންނަށް ލިބޭ ސަރޕްރައިޒްއަކަށްވެސް ވެދާނެއެވެ.