މޮބައިލް ވީޑިއޯގްރަފީއަށް އިންގިލާބީ ބަދަލެއް! ޑީ.ޖޭ.އައި އިން މިވަނީ އާ އޮސްމޯ މޮބައިލް 8 ސްމާޓްފޯން ގިމްބަލް ބާޒާރަށް ތައާރަފުކޮށްފަ. މި ގިމްބަލްގެ އެންމެ ހާއްސަ އެއް ފީޗާއަކީ ހުއްޓުމެއްނެތި 360 ޑިގްރީއަށް އަނބުރާލެވޭ ’އަންލިމިޓެޑް ހޮރިޒޮންޓަލް ޕޭން ރޮޓޭޝަން‘. މީގެ ސަބަބުން އެއްވެސް މެދުކެނޑުމެއްނެތި ފުރިހަމަ ޕޭނިންގް ޝޮޓްތަކާއި ޓްރެކިންގް މަންޒަރުތައް މިހާރު ނަގާލެވޭނެ!
މީގެ އިތުރުން މީގައި ހިމެނޭ އާ އެރގޮނޮމިކް ހޭންޑްލްގެ އެހީގައި ތިރި އެންގަލްތަކުން މަންޒަރުތައް ނެގުން މާ ފަސޭހަވެގެންދާނެ. އަދި 215 މިލިމީޓަރުގެ ބިލްޓް-އިން އެކްސްޓެންޝަން ރޮޑާއި ޓްރައިޕޮޑް ފައިތަކާއެކު، މިއީ ކޮންޓެންޓް ކްރިއޭޓަރުންނަށް ހަމަ އެއްވަނަ!
#DJI #OsmoMobile8 #MobileVideography #ContentCreation #TechUpdate #Maldives